ސަރުކާރުން ހުއްދަ ނުދެނީސް 24 ގަޑި އިރު ވިޔަފާރިކުރުން، ކިހިނެއްވާ ކަމެއް؟

މި ރަމަޟާން މަސް ފެށެން ކައިރިވެފައިވަނިކޮށް ސޯޝަލް މީޑިއާގައި ކުއްލިއަކަށް ފެންނަން ފެށީ ޕޯސްޓަރު ތަކެކެވެ. ވިޔަފާރި ކުރާ ބައެއް ފިހާރަތައް 24 ގަޑި އިރު ހުޅުވާފައި ބަހައްޓާ ވާހަކަ އެވެ.

އުފާވެރި ޚަބަރެކެވެ. ނަމަވެސް ހިތާމަވެރި ވެސް ޚަބަރަަކަށް ވިއެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އުފާވެރި ޚަބަރަކަށް ވީ ކޮވިޑް ބަލީގެ ސަބަބުން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަށް ދީފައިވާ ލުޔާއެކު ކުރިއެކޭ ވެސް އެއްގޮތަށް ދަންވަރު ގަޑީގައިވެސް ކުއްލިއަކަށް ގެއަށް އެއްޗެއް ގަންނަން ބޭނުންވެދާނެ ކަމަށްޓަކައި އަދި އެފަދަ ތަކެތި ގަނެވޭނެ އިންތިޒާމެއް ހަމަޖެހުނީމަ އެވެ.

ނަމަވެސް ހިތާމަވެރި ޚަބަރަކީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ވިޔަފާރި ކުރުމާއި ކެފޭ ރެސްޓޯރެންޓުތައް 24 ގަޑިއިރު ހިންގުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނުމުން ނެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ރޯދަމަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ، ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށެވެ. އަދި ރޯދަ މަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހެނދުނު 8:00 އިން މެންދަމު 12:00 އަށް ކަމަށެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނީ މި މުއްދަތުގެ ތެރޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދޫކޮށްފައިނުވާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިހެން ބުނެފައިވާ އިރު، 24 ގަދި އިރު ޚިދުމަތް ދިނުމަށް ސޯޝަލް މީޑިއާގައި އިޢުލާންކުރި ފަރާތްތަކުން އެގޮަތަށް އިޢުލާން ކުރީ ކޮން ފަރާތަކުން ހުއްދަ ނަގައިގެން ބާއެވެ!؟

ރާއްޖޭގެ ގާނޫނާއި ޚިލާފަށް ވިޔަފާރި ކުރުމަށް ހުއްދަ ލިބުނު ގޮތެއް ވެސް ނުވަތަ އެކަމަށް ހިތްވަރު ލިބުނު ގޮތެއް ވެސް އޮންނަންވާނެތާ އެވެ. ރާއްޖޭގައި ކިތަންމެ ކުޑަ ވިޔަފާރިއެއް ވިޔަސް ކުރެވެނީ މިނިސްޓްރީން ހުއްދަ ނަގައިގެން ނެވެ. އަދި ވިޔަފާރި ކުރުމަށް ވަގުތު ތަކެއް ވެސް ކަނޑައަޅާފައި ވެއެވެ.

ނަމަވެސް މިހާރު ކަންތައް ވަމުންދާ ގޮތުންނާއި ފެންނަ މަންޒަރުތައް ތަފާތެވެ. ވިޔަފާރި ވެސް ހިތަށް އެރި ގަޑިއެއްގައި ކުރެވޭ ނަމަ، ގާނޫނެއް އޮތުމުގެ ބޭނުމެއް ނެތެވެ. އަދި ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާނަމަ، އެފަރާތްތަކަށް ފިޔަވަޅު ވެސް އެލެން ޖެހޭނެ އެވެ.

ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބައެކެވެ. އެކަމަކު “ފެންނަ މަންޒަރު” ތަފާތެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.