ޢާއިލީ ގުޅުމަށް ވަގުތު ހޯދުމަކީ މުހިންމު ކަމެއް!

ޢާއިލާގެ އެންމެން މަދުވެގެން ހަފުތާއަކު އެއްފަހަރު، އެއްސުފުރާއަކުން ކައިބޮއެ ހެދުމުން ޢާއިލާގެ ގުޅުން ބަދަހިވާ ވާހަކައަކީ ކުރިން ވެސް އަހަރުމެން އަޑު އަހާފައިވާ ވާހަކައެކެވެ.

މީގެއަހަރުތަކެއް ކުރިން ރާއްޖޭގައި ވެސް ވަރަށް ގިނަ ޢާއިލާތައް މިގޮތަށް ކައިބޮއެ އުޅުނެވެ. ކާބަފައިންވެސް އެކަން އެގޮތަށް ގަބޫލު ކުރާތީ، ބައެއް ޢާއިލާތަކުން އެދުވަހެއްގެ ކޮންމެ ކެއުމެއް ޢާއިލާގެ އެންމެންނާއެކު ބާއްވައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ނުވަތަ އަހަރުމެންގެ ދިރިއުޅުމަށް އައި ބަދަލާއެކު އެކަން މިއަދުވަނީ ބަދަލުވެފަ އެވެ. ގިނަ ފަހަރަށް ދެމަފިރިންނަށް ވެސް އެކުގައި ކައިބޮއެ ހެދޭނެ ވަގުތު އޮންނަނީ ނުވެފަ އެވެ. އެންމެކުޑަމިނުން ދެމީހުން އެކުގައި ނުވަތަ ދަރިންނާއެކު ކޮފީތައްޓެއް ބޯލަން ވެސް ވަގުތު ނޯވެއެވެ.

family 2

މިހެންވާންޖެހޭ ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމަށް ކުރަންޖެހޭ ހޭދަ، އެތައް ގުނައަކަށް ބޮޑުވުން ހިމެނެއެވެ. ޚާއްސަކޮށް ފުރަމާލޭގައި ދިރުއުޅުމަކީ ނުހަނު އަގުބޮޑު ކަމެކެވެ. އެންމެ ކޮޓަރިއެއް ވެސް ލިބެނީ 11،000 ރުފިޔާއަށް ކަމަށްވާ އިރު، އެޑްވާންސް ދެއްކުމާއި ބޭނުންވާ ފަރުނީޗަރު ގަތުމާއެކު ބޮޑު ހޭދައެއް ކުރަންޖެހޭކަމީ ހަގީގަތެކެވެ.

މީގެ އިތުރުން ވެސް ކުރަން ޖެހޭ ބައިވަރު ޚަރަދު ހުރުމާއެކު، ވަޒީފާގައި އެކަކު އުޅެގެން ފަރުޖެއްސޭކަށް ނޯވެއެވެ. އަދި ދެމަފިރިން ވަޒީފާއަށް ދިޔަސް، މަހުންމަހަށް ކުރަންޖެހޭ ކަރަދު ކަނޑާފައި ފަހަށްރައްކާކުރާނެ އެއްޗެއް ނޯވެއެވެ.

އެހެންކަމުން ދެމަފިރިންވެސް އެއްވަޒީފާއަށް ވުރެ، ގިނަ ވަޒީފާ ނުވަތަ ރަސްމީ ވަޒީފާގެ އިތުރުން ޕާޓްޓައިމްކޮށް މަސައްކަތެއް ކޮށްގެން ނޫނީ “އަނގަޔާއަތާ ދިމާކުރެވޭކަށް” ނޯވެއެވެ.

މި ސަބަބުތަކަށްޓަކައި ޢާއިލާގެ އެންމެން އެއްތަނަކުން ބައްދަލުވެލުމަކީ ވަރަށް ނާދިރު ކަމަކަށް ވަނީ ވެފަ އެވެ. އަދި ޢާއިލާގެ އެންމެން އެކި ގޭގޭގައި އުޅެން ޖެހުމަކީ ވެސް މިކަމަށް އެޅޭ ހުރަހެކެވެ.

ކަން މިހެން ހުރިނަމަވެސް ޢާއިލާގެ އެންމެން ނުވަތަ ވީހާވެސް ގިނަ މެމްބަރުން މަދުވެގެން މަހަކު އެއްފަހަރު ބައްދަލުވެ، އެއްސުފުރާމަތިން ކައިބޮއެ ހެދުމަކީ މުހިންމު ކަމެކެވެ.

ވަގުތަކީ ހޯދީމަ ލިބޭނެ އެއްޗެކެވެ. އެހެންކަންކަމަށް ވަގުތު ހޯދާފަދައިން ޢާއިލީ ކަންކަމަށް ވެސް ވަގުތު ހޯދެންވާނެ ދޯ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.