ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކަށް ޑރ މުއިޒު!
އިދިކޮޅު ޕީއެންސީއިން އަންނަ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމަށްޓަކައި މިއަދު ބޭއްވި ރިޔާސީ ޓިކެޓުގެ ވޯޓު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވައިފި އެވެ.
ޑރ މުއިޒް އުމަރު ޓިކެޓު ޔަގީންކުރެއްވީ މިއަދު ޕީއެންސީ ސެނެޓުގައި ނެގި ވޯޓުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިއަދު ނެގި ސިއްރު ވޯޓުގައި މުއިޒުއަށް ލިބިވަޑައިގަތީ 25 ވޯޓެވެ. އަދި އާދަމް ޝަރީފްއަށް ލިބިވަޑައިގަތީ 23 ވޯޓެވެ. މި ވޯޓުގައި ބައިވެރިވީ ސެނެޓުގެ 48 މެމްބަރުންނެވެ.
ޕީޕީއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގެންނެވީ މިއަދު އެވެ.