އިންތިހާބުގެ ބައްޔަށް ފަހު ކުރަންޖެހޭ ކަންކަން މިހާރު ސާފުވެއްޖެ – ފައްޔާޒު
ރިޔާސީ އިންތިހާބުގެ ބައްޔަށް ފަހު ކުރަންޖެހޭ ކަންކަން މިހާރު ސާފުވެއްޖެކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އިންތިހާބުގެ ބައްޔަށް ފަހު ކުރަންޖެހޭ ކަންކަން މިހާރު ސާފުވެއްޖެ ކަމަށެވެ. ވިދާޅުވީ، ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރަން ބުރަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާ އެކު މި އިންތިހާބު ކާމިޔާބު ކުރަން. މިރާއްޖެ އަނިޔާވެރިކަމާ ދިމާލަށް އަނބުރާ ދިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން.” އޭނާ ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ، 84،000 ވޯޓެވެ. އެއީ އިންތިހާބުގެ އެންމެ ކުރީގައި އޮތް ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ވުރެ 16،000 ވޯޓު ދަށް އަދަދެކެވެ. މުއިއްޒު ލައްކައަކަށް ވުރެ ގިނަ ވޯޓު ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ހޯއްދެވި އެވެ.