ލޭޑީސް ފިންގަރ: ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ ތަރުކާރީގެ ބާވަތެއް
ބާމިޔާތޮޅި ނުވަތަ އިނގިރޭސި ބަހުންނަމަ ލޭޑީސް ފިންގަރ ނުވަތަ އޮކްރާ އަކީ ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ފަސޭހައިން ލިބެން ހުންނަ އަަދި ހައްދަންވެސް އެހާމެ ފަސޭހަ ތަރުކާރީގެ ބާވަތެކެވެ.
ބާމިޔާ ތޮޅިއަކީ ކެލޮރީގެ އަދަދު މަދު ޕޮޓޭޒިއަމް، ވިޓަމިން ބީ، ވިޓަމިން ސީ، ފޯލިކް އެސިޑް އަދި ކެލްސިއަމް ގެ މާއްދާތަށް ގިނަ ބާވަތެކެވެ. އެގޮތުން ބާމިޔާތޮޅި އަކީ ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ ބާވަތެކެވެ.
ބާމިޔާ ތޮޅި ނުވަތަ އޮކްރާ ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ރިހައާއި ސެލެޑްފަދަ ތަކެތި ތައްޔާރު ކުރަނީ ހަމަ އެކަނި އޭގެ މީރުކަމަށް ބަލާފައެއް ނޫނެވެ. އޭގައި ސިއްހީ ގޮތުން އެކުލެވޭ ސިއްހީ ގިނަ ފައިދާ ތަކެއްވެސް އެކުލެވިފައި ވާތީއެވެ.
ބާމިޔާތޮޅީއަކީ ތަފާތު ބަލިތަކަށް ރަނގަޅު ފަރުވާއެއްވެސް މެއެވެ. އެގޮތުން ހަކުރު ބައްޔާއި ކީޑްނީގެ ބަލި އަދި މިނޫންވެސް ތަފާތު ބަލިތަކުގެ ފަރުވާއެއްވެސް މެއެވެ.
2018 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ހަކުރުބަލިން ދިފާއުވުމަށް ބާމިޔާ ތޮޅި އަކީ މުހިއްމު ތަރުކާރީއެއްކަމަށާ ހަކުރުބަލިން ދިފާއުވުމަށް މީގެ ބޭނުން ކުރި ކަމުގައި ވިޔަސް ކިޑްނީއާއި އެހެނިހެން ބަލިތަކުންވެސް ހަށިގަނޑު ސަލާމަތް ކޮށްދެއެވެ.
އާދައިގެ 8 ބާމިޔާ ތޮޅީގައި 3 ގްރާމް ފައިބަރ އެކުލެވިފައިވާ އިރު ފައިބަރަކީ ބަނޑުހައިވުން ލަސްކޮށް ދިނުމާއި ހަޖަމުކުރުމުގެ ނިޒާމަށް ދުޅަހެޔޮކަން ގެނެސްދިނުމުގައި ހަށިގަނޑަށް ކޮންމެހެން ބޭނުން މާއްދާއެކެވެ. ޚާއްސަކޮށް އުމުރުން ދުވަސްވަމުން ދާވަރަކަށް ފައިބަރު ހުންނަ ކާނާ ބޭނުންކުރަން ޖެހެއެވެ.
ބާމިޔާއިން ލިބޭ މުހިއްމު އަނެއް ފައިދާއަކީ ސްޓްރެސް އިން ސަލާމަތް ވުމެވެ. ފަހަރުގައި ސްޓްރެސް އަކީ ސިއްހަތަށް އެކަމުން ނުބައި އަސަރެއް ކުރާނެކަމަށް ނޫންކަމަށް ހީކޮށްފާނެއެވެ. އެހެންނަމަވެސް އަބަދު ޓެންޝަންގައި ނުވަތަ ސްޓްރެސްގައި ހުރުމަކީ ގިނަ ބަލިތަކަކަށް މަގު ފަހިވާ ވަރަށް ނުރައްކާތެރި ކަމެކެވެ. ބާމިޔާގައި ފައިބަރެކޭ އެއްފަދައިން އެންޓި އޮކްސިޑެންޓްވެސް ހިމެނޭތީ މިއީ ސްޓްރެސް އާއި ދެކޮޅަށް ދެވޭ ހަމަލާއެއްކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ހަނދާން ކުރަންވީ ދިގު މުއްދަތުގައި ސްޓްރެސްގައި އުޅޭނަމަ ލޭގައި ހުންނަ ހަކުރުގެ މިންވަރު މައްޗަށް ދާނެކަމެވެ. އެހެންކަމަށް ވާނަމަ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެއެވެ.
ބާމިޔާއަކީ ކޮލެސްޓްރޯލް ދަށް ކުރުމަށް ވެސް އެހީވެދޭ އެއްޗެކެވެ. އެމެރިކަން ހާޓް އެސޯސިއޭޝަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނުބައިކޮލެސްޓްރޯލް މައްޗަށް ދިއުމަކީ ހިތުގެ ބަލިތަކެކޭ އެއްފަދައި ހަކުރު ބަލިވެސް ވާރުތަ ކުރާ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ބާމިޔާގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓާއި ފައިބަރ އެކުލެވޭތީ ބާމިޔާއަކީ މި ދެ ބަލިން ވެސް ދިފާއު ކޮށްދޭ އެއްޗެކެވެ.
ބާމިޔާ އަކީ ކިޑްނީއަށާއި ހިތަށާއި ހަކުރުބައްޔަށް އެކަނި އޮތް ފަރުވާއެއް ނޫނެވެ. އެއީ އާއްމު ސިއްހަތަށްވެސް ފައިދާ ކުރަނިވި ތަރުކާރީއެކެވެ. މާބަނޑު އަންހެނުންގެ ދުޅަހެޔޮކަމަށްވެސް އެއީ ނުކައި ދޫކޮށްލާވަރުގެ އެއްޗެއް ނޫނެވެ. ހަމައެފަދައިން ކެލްސިއަމް އިން މުއްސަނދިވެފައިވާތީ ބާމިޔާއަކީ ކަށްޓާއި ދަތްތަކުގެ ދުޅަހެޔޮކަމަށްވެސް ގިނަ ފައިދާ ކުރާ އެއްޗެކެވެ. މީގެ އިތުރުން ބާމިޔާގައި ވިޓަމިންސީ އެކުލެވޭތީވެ ހަށިގަނޑު ހެދި ބޮޑުވުމަށާއި ހަށިގަނޑުގެ އެތެރޭގެ ސިއްހަތަށްވެސް މިއީ ބޭނުންތެރި ރަނގަޅު ފަރުވާ އެކެވެ.
ބާމިޔާ އިން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އޮތް އުފާވެރި ޚަބަރަކީ މި ތޮޅީގެ ބޭނުންކުރުމުން ހަށިގަނޑަށް މީގެ ރަނގަޅު އަސަރު ފޯރުން ހީކުރާ ވަރަށް ވުރެ މާ އަވަސް ކަމެވެ.