ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓަށް ކުރިމަތިލީ އިލްޔާސް އެކަނި
މިރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަނި ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕްރައިމަރީއަށް ކުރިމަތިލުމަށް ޓަކައި އިލްޔާސް ފޯމު ހުށަހެޅުއްވީ މިއަދެވެ.
ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު އޮންނަ ގޮތުން އެންމެ މީހަކު ކުރިމަތިލީ ކަމުގައިވީ ނަމަވެސް އާންމު މެމްބަރުންގެ ތެރެއަށް ވޯޓަކަށް ދާން ޖެހެއެވެ.
އަދި މެންބަރުންގެ 10 ޕަސެންޓު ވޯޓު އެ ކެންޑިޑޭޓަކަށް ލިބިއްޖެ ނަމަ އެ މީހަކީ ރިޔާސީ ކެންޑިޑޭޓު ކަމުގައި ކަނޑައަޅަން ޖެހޭނެ ކަމަށް އަސާސީ ގަވައިދުގައި ބުނެފައި ވެ އެވެ.