ރިޔާސަތު ބަލަހައްޓަން އީވާ އުޒުރުވެރިވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ގޮތެއް ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލިސް ނާއިބު ރައީސް އީވާ އުޒުރުވެރިވެއްޖެއެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އަށް ފޮނުއްވި ސިޓީއެއްގައި އީވާ މިއަދު ވިދާޅުވީ ކޯޓުގައި މައްސަލަ އޮއްވާ އަދި އެ މައްސަލައިގެ ހުކުމް ނުކުރާހާ ހިނދަކު ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ މާދަމާއަށް އޮތީ ތާވަލުކޮށްފައެވެ.

އީވާގެ ސިޓީގައި ވިދާޅުވީ ސުޕްރީމް ކޯޓުން އެ މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުން އެކަމުގައި ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިޔަށް ދިއުމަކީ މަޖިލީހުން ކުރިންސުރެ އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާއިރު ކަން ކުރަމުން އަންނަ ގޮތެއް ނޫން ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި މަޖިލީހުން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިޔަށް ގެންދިއުމަކީ ސުޕްރީމް ކޯޓުގައި ހިނގާ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އީވާ ވިދާޅުވިއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

މާދަމާ ހެނދުނު 10:00 ގައި މައްސަލަ ބާއްވަން ހަމަޖައްސާފައިވާއިރު، މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރެވެ. ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީންނެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވުމާއެކު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.

ގަވާއިދު ބުނާ ގޮތުން ނަމަ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.