އީވާއާއި އަފީފް، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ދެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފާސްކޮށްފި އެވެ.

ހެނދުނު ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި އަފީފްގެ ސުލޫކީ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަސްލަމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި އަފީފް ޖަލްސާ ނިންމާލެއްވީ މަޖިލީހުގެ ގަވައިދާ ހިލާފަށް، މުޅި މަޖިލީހުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ކަމަށެވެ.

މި މައްސަލައިގައި ކޮމިޓީ ބައްދަލުވުމުގައި މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާ ވަނީ އޭގެ ފަހުން ބޭއްވި ޖަލްސާގައި އީވާ ވެސް ޖަލްސާ ނިންމާލައްވާފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ނިންމައިދިނުމަށް ހުށަހަޅައިފަ އެވެ.

މި ދެ މެންބަރުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފާސްކޮށްފައިވަނީ އެމްޑީޕީ މެޖޯރިޓީ އޮންނަ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.