![IMG 20231207 WA0003 jpg](/wp-content/uploads/2023/12/IMG-20231207-WA0003-jpg.webp)
ޕީޕީއެމް ޕީއެންސީގެ އިސް ލީޑަރަކަށް ރައީސް މުއިއްޒު
ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިސް ލީޑަރަކަށް ރައީސް މުއިއްޒު އައްޔަން ކޮށްފިއެވެ.
އެމަނިކުފާނު އެ މަގާމަށް އައްޔަން ކޮށްފައިވަނީ ރޭ ބޭއްވުނު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ސެނެޓްގެ 6 ވަނަ ބައްދަލުވުމުގައި ބައިވެރިވި 103 ސެނެޓަރުންގެ އިއްތިފާގުންނެވެ.
ޕީޕީއެމް-ޕީއެންސީގެ ލީޑަރު ކަމުގެ މަގާމުގައި މީގެކުރިން ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. ނަމަވެސް ޔާމީން ދާދިފަހުން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވާފަ އެވެ. ޔާމީން ޕީޕީއެމްއާ ދުރަށް ވަޑައިގެންނެވީ ޕީޕީއެމްގެ ލީޑަޝިޕާއި މެދު އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެންނެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވާއިރު އެ ޕާޓީ ރަޖިސްޓްރީ ކުރަން މާދަމާ އިލެކްޝަންސް ކޮމިޝަނަށް ފޯމުތައް ހުށަހަޅަން އަންނަނީ ތައްޔާރުވަމުންނެވެ. ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ މަހުގެ 29 ގަ އެވެ