ރިޔާސީ އިންތިޚާބުގައި ޑރ. މުޢިއްޒަށް ތާޢީދު ކުރައްވަން ޑރ. އަނާރާ ނަޢީމް ނިންމަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު، ޑރ. އަނާރާ ނަޢީމް ނިންމަވައިފިއެވެ.

އެކަމަނާ އެކަން ހާމަ ކުރައްވާފައިވަނީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޑރ. މުޢިއްޒުއާއި އެކު ހުންނެވި ފޮޓޯއަކާއި އެކު އަނާރާ ޖެއްސެވި ޕޯސްޓުގައި ވަނީ ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެކަމަށާއި އިސްލާމްދީނުގެ އުޞޫލުތަކަށް ރިޢާޔަތްކުރައްވާނެކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން މުޢިއްޒު ދެއްވި ކަމަށާއި އެންމެންގެ ވޯޓު މުޢިއްޒުއަށް ދެއްވުމަށް އެދިފައެވެ.

އިޝްތިހާރު Below Header ad

ޑރ. އަނާރާ ނަޢީމު މަޖިލީހުގެ މަކުނުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޢަދާލަތު ޕާޓީގެ ޓިކެޓުގައެވެ. ޢަދާލަތު ޕާޓީން ވަކިވިއިރު ހުންނެވީ އެ ޕާޓީގެ އިލްމެވެރިންގެ މަޖިލީހުގައެވެ.

އެ ޕާޓީން ވަކިވެވަޑައިގެންނެވީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ހުންނަވަން ބޭނުން ނުވާތީ ކަމަށް މީގެ ކުރިން އަނާރާ ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.